އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ޢާއިޝަތު ފިފްޝީން ޢަލީ ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީބީސީ) އިން ވިދާޅުވީ އޭނާ މި މަގާމުން ވަކިކޮށްފައިވަނީ މާރޗު 15 ވަނަ ދުވަހު ކަމަށެވެ.
2024 ވަނަ އަހަރުގެ ޖަނަވަރީ މަހު އެ މަގާމަށް އައްޔަންކުރެއްވި ފިފްޝީން ވަނީ އޮސްޓްރޭލިއާގެ އެޑިތު ކޮވަން ޔުނިވަރސިޓީން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް އިންޓަނޭޝަނަލް ބިޒްނަސްވެސް ހާސިލުކުރައްވާފައެވެ. އަދި އެކަމަނާ ވަނީ ބޭންކް އޮފް މޯލްޑިވްސް ހެޑް އޮފް ޗެނަލް މެނޭޖުމަންޓާއި ހެޑު އޮފް އެކުއަރިންގ އެންޑް ޑިޖިޓަލް ޕޭމަންޓު ފަދަ މަގާމުތައް ވެސް އަދާކުރައްވާފައެވެ.
ޚިޔާލު