މާލެ ސިޓީ ކައުންސިލުގެ ޑިޕިއުޓީ މޭޔަރުގެ މަގާމަށް އަރީޝް

މާލެ ސިޓީ ކައުންސިލުގެ ޑިޕިއުޓީ މޭޔަރުގެ މަގާމަށް އަރީޝް

މާލެ ސިޓީ ކައުންސިލުގެ ޑިޕިއުޓީ މޭޔަރުގެ މަގާމަށް މުޙައްމަދު އަރީޝް އައްޔަންކޮށްފިއެވެ.

މާލެ މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ޢަރީޝް މި މަގާމަށް އައްޔަންކުރައްވާފައިވަނީ މާރޗު 16 ވަނަ ދުވަހު ބޭއްވި އެކައުންސިލުގައި 4 ވަނަ ދައުރުގެ 188 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މި ޖަލްސާ އަށް ވަޑައިގެން ތިއްބެވި 17 ކައުންސިލް މެންބަރުންގެ ތެރެއިން 16 ކައުންސިލަރުން އޭނާ އަށް ވަނީ ވޯޓު ދެއްވާފައެވެ.

މި މަގާމަށް އަރީޝް މި މަގާގަށް އައްޔަންކުރައްވާފައި މިވަނީ މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި އަހުމަދު ނަރީޝް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާ އިސްތިއުފާދެއްވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތްކުރަން ފުރުސަތު ލިބުމާއިގުޅިގެންކަމަށް ވަނީ ވިދާޅުވެފައެވެ.

ޚިޔާލު

އިތުރު ޚަބަރު