ދަރިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިިޔަވަޅުތައް އަޅާނަން: މެޑަމް ސާޖިދާ

ދަރިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިިޔަވަޅުތައް އަޅާނަން: މެޑަމް ސާޖިދާ

ޑަކުދިންގެ ކަރާމާތަކީ ނަގާލެވިގެންވާނެ ކަރާމާތެއް ނޫން ކަމަށާއި ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގެ ދަށުންވެސް ވަނީ ހައްގުތަކެއް ރައްކާތެރިކުރެވިފައި ކަމުގައި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ މިފަދައިން ވިދާޅުވި އިދިކޮޅު އެމްޑީޕީގެ ވެރިންނާއި އެ ޕާޓީގެ އިސް އެކްޓިިވިސްޓުންތަކެއް ރައީސުލްޖުމްހޫރިއްޔާގެ ބޭފުޅުންނަށް ނަފްރަތު އުފެދޭގޮތަށް ހަގީގަތާއި ހިލާފު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައި ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން ނެރުއްވި ނޫސްބަޔާން އިއްވަވަމުންނެވެ.

މީގެއިތުރުން އެކަންކަމާއި ހިލާފުވާ ފަރާތްތަކަށް ގާނޫނީގޮތުން ފިޔަވަޅު އެޅޭނެ ކަމަށާއި ރައީސްގެ ބޭފުޅުންނަށް ފުރައްސާރަކޮށް، ނަފްރަތު އުފެއްދުމަށް އަދިވެސް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ. އެގޮތުން އެންމެ ތުއްޕުޅު ބޭފުޅުންގެ ފޮޓޯ އާއްމުކޮށްގެން ރުޅިވެރިކަން އުފެއްދުމަށް މަސައްކަތްކުރަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.

އާޒިމާ ވަނީ މީގެކުރިން އާއިލާއަށް ފުރައްސާރަކޮށް އެތައް ވާހަކަތަކެއް ދެއްކިނަމަވެސް ފިޔަވަޅު އަޅުއްވާފައި ނުވާނެކަމަށާއި އެހެންނަމަވެސް މިހާރު ހިނގަމުންދާ ކަންކަމާއެކު މަންމައެއްގެ ހައިސިއްޔަތުން ދަރިންގެ ރައްކާތެރިކަމަށްޓަކައި އަޅުއްވަންޖެހޭ ފިިޔަވަޅުތައް އަޅުއްވާނެކަމަށް މެޑަމް ސާޖިދާގެ ފަރާތްޕުޅުން ނެރުއްވި ބަޔާން އިއްވަވަމުން އާޒިމާ ވިދާޅުވިއެވެ.

ޚިޔާލު

އިތުރު ޚަބަރު