ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: މިނިސްޓަރ

ކުނީގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށް ޓޫރިޒަމް އެންޑް އެންވަޔަރްމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ 75 ރަށެއްގެ ކުނި މެނޭޖްކުރާ ސެންޓަރުތައް ތަރައްގީ ކުރުމަށް އެމްޓީސީސީ، އާރްޑީސީ އަދި ފެނަކަ އާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވަނީ މިވަގުތުވެސް 100 އަށްވުރެ ގިނަ ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒުތައް މުޅިން އަލަށް އަދި ބައެއް ރަށްރަށުގައި ހުރި މަރުކަޒުތައް އިތުރަށް އަޕްގްރޭޑްކުރުމަށް ކުރިއަށްގެންދާ މި މަޝްރޫއަކީ މިފަދަ އެންމެ ބިޔަ މަޝްރޫއު ކަމަށެވެ.

މިއީ ތިމާވެށީގެ އިތުރުން ލޯކަލް ޓޫރިޒަމަށް ވެސް މުހިއްމު މަސައްކަތެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ތަރައްގީވެގެންދާއިރު، ރަށްރަށުގެ ސާފުތާހިރުކަން ވަރަށް މުހިއްމު ދައުރެއް އަދާކުރާނެކަން ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ސަރުކާރު ހިއްސާވާ ތިން ކުންފުނީގެ ތެރޭގައި ހިމެނޭ އެމްޓީސީސީ، ފެނަކަ އަދި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުންވަނީ މި 75 ރަށުގެ މަސައްކަތް ތާވަލާ އެއްގޮތަށް ނިންމާލުމަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މި މަހުގެ ތެރޭގައި ސައިޓު މޮބިލައިޒް ކުރުމުގެ މަސައްކަތް ފަށާ، ރަމަޟާން މަސް ނިމުމުން ޢަމަލީ މަސައްކަތް ފަށާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ޚިޔާލު

އިތުރު ޚަބަރު