ހަޔާތްޕުޅު ދިރާސާކުރުމުގެ ބޭނުމަކީ އަޅުގަނޑުމެންގެ ހަޔާތުގައި އެހުރި އުނިކަންތައްތައް އެވާހަކަތަކުން ފުރިހަމަކުރުން ކަމުގައި ޑރ. މޫސާ އަންވަރު ހަސަން ހަނދާންކޮށްދެއްވައިފިއެވެ.
މިކަން ހަނދާންކޮށްދެއްވާފައި މިވަނީ އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ އިހްޔާ ފޯރަމްގައި ތަގްރީރު ކުރައްވަމުންނެވެ.
ޑރ. މޫސާ އަންނަރު ވިދާޅުވީ ރަސޫލާގެ އަނބިއަބިކަބަލުންނާއިމެދު މުއާމަލާތްކުރެއްވި ގޮތާއި، އެކަލޭގެފާނުގެ ރައްޓެހިންނާއި ގާތްތިމާގެ މީހުންނާއިމެދު މުއާމަލާތްކުރެއްވި ގޮތް އަޅުގަނޑުމެން ދެނެގަންނަންޖެހޭ ކަަމަށެވެ. އަދި އެކަލޭގެފާނުގެ ސަހާބީންނާއިމެދު މުއާމަލާތްކުރެއްވި ގޮތާއި އެކަލޭގެފާނުގެ ސަހާބީންނާއިމެދު މުއާމަލާތްކުރެއްވި ގޮތް ވެސް ދެނެގަންނަންޖެހޭ ކަމަށެވެ.
ހަމަމިއާއެކު ބޭނުންތަކާއިމެދު އަންނަ މީހުންނަށް މުއާމަލާތްކުރެއްވި ގޮތް ވެސް ނުހަނު ރަނގަޅަށް ދިރާސާކޮށް ދެނެގަންނަން ޖެހޭކަމަށް ވިދާޅުވިއެވެ.
" ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްގެ ރިވެތި އަޚުލާޤު" މި މައުޟޫއަށް ކުރެއްވި ތަގްރީރުގައި އިތުރަށް ވަނީ އަބޫތާލިބްގެފާނު ވިދާޅުވާ ގޮތުގައި ރަސޫލާ އަކީ ވަރަށް ކިޔަމަންތެރި، ބަސްއަހާ އަދި އެޒަމާނުގެ އެހެން ކުދިންގެ ހުރި އެއްވެސް އުނި ސިފައެއް ފެނިވަޑައިގެންނެވި ބޭފުޅެއް ނޫންކަން ފާހަގަކުރެއްވިއެވެ. އަދި އެއްޗެއް ލިބިވަޑައިގަތަސް ލިބިވަޑައިނުގަތަސް އެކަލޭގެފާނު އެކަމަށް ކެތްތެރިވެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ވާހަކަދައްކަވާއިރު ތެދު ބަހުން ވާހަކަދައްކަވާތީ އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ކުރިމަތީގައި އެކަލޭގެފާނަކީ މުޙައްމަދުލް އަމީންގެ ނަމުން މަޝްހޫރުވެވަޑައިގެންފައިކަން ފާހަގަކުރައްވާ އެ މުޖުތަމައުގައި އެންމެހައި އަހްލާގީ ނުބައި ސިފަތައް ފެތުރިފައިވީ ނަމަވެސް ރަސޫލާގެ ކިބަފުޅުން ފެންނަންއޮތީ ރިވެހި އަހްލާގީ ސިފަތައްކަމަށް ވިދާޅުވިއެވެ.
ޑރ. މޫސާ އަންވަރު ވިދާޅުވީ ރަސޫލާގެ އުންމަތައް ތަބާވާ މީހުންނޭ އެކަލޭގެފާނަށް ބާވައިލެއްވި ފޮތައް ތަބާވާ މީހުންނޭ އަޅުގަނޑުމެން ބުނާއިރު، ޢަމަލާއި ބަހުންނާއި ދައްކާ ވާހަކައާއި ދިމާނުވާކަމަށެވެ.
ޚިޔާލު