ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ އިންޑިއާ އަށް

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ އިންޑިއާ އަށް

ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

މިއީ މިއަހަރުގެ "ރައިސީނާ ޑައިލޮގް" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި 10 ވަނަ ރައިސީނާ ޑައިލޮގްގެ ތެރެއިން ކުރިއަށްދާ ހައި ލެވެލް ޕެނަލް ޑިސްކަޝަންގައި އެމަނިކުފާނު ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕެނަލް ޑިސްކަޝަންގެ މައުޟޫއަކީ "ކްލައިމެޓް ކެޓަކްލިޒަމް: ދި އެޑަޕްޓޭޝަން އެޖެންޑާ އިޒް ގޭސްޕިން" އެވެ.

މިއަހަރުގެ ރައިސީނާ ޑައިލޮގް ކުރިއަށްގެންދިއުމަށް ތާވަލުކޮށްފައިވަނީ މިމަހުގެ 17 އިން 19 އަށެވެ. މިއީ އޮބްޒާވަރ ރިސަރޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސެކެވެ.

ޚިޔާލު

އިތުރު ޚަބަރު