ކަދުރުން އުފެއްދި ފުރަތަމަ ސޮފްޓް ޑްރިންކްސް ތައާރަފް ކޮށްފި

ކަދުރުން އުފެއްދި ފުރަތަމަ ސޮފްޓް ޑްރިންކްސް ތައާރަފް ކޮށްފިއެވެ.

"މީލާފް ކޯލާ" ގެ ނަން ދީފައިވާ މި ބުއިން ރަސްމީކޮށް ތައާރަފްކޮށްފައިވަނީ ރިޔާޟް ޑޭޓް ފެސްޓިވަލުގައެވެ.

މި ބުއިން އުފައްދާފައިވަނީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ތުރާތު އަލް މަދީނާއިންނެވެ.

ބޭރުގެ ޚަބަރުތައް ބުނާގޮތުން ކަދުރުން މީލާފް ކޯލާ އުފެއްދުމުގެ ބޭނުމަކީ ރިފްރެޝްމަންޓާއެކު ސިއްހީ ފައިދާތައް ހޯދައިދިނުމެވެ. އަދި ދުޅަހެޔޮ، ދެމެހެއްޓެނިވި ގޮތެއްގައި ބުއިމުގެ ފުރުސަތުތައް ހޯދުމެވެ.

މި ބުއިމުގައި ގުދުރަތީ ހަކުރު، ފައިބަރ އަދި ޒަރޫރީ މިނަރަލްސް އަށް މަޝްހޫރު ފެންވަރު ރަނގަޅު ކަދުރުތައް ވަނީ ހިމަނާފައެވެ.

މި އުފެއްދުމާއި ގުޅޭގޮތުން ސައުދީގެ ނޫސްތަކުގައި ވަނީ މި ބުއިމަކީ މިފަދަ އެހެން ބުއިންތަކަށްވުރެ، ސިއްހަތަށް ފައިދާ ހުރި ބުއިމެކެވެ.

ބައިނަލްއަގްވާމީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ، ތިމާވެއްޓާ ރައްޓެހި އުސޫލުތަކަށް ލޯކަލް ސޯސްޑް ކަދުރު ބޭނުންކޮށްގެން އުފައްދާ މި ބުއިމުގެ ގުދުރަތީ މީރުކަމާއި ތާޒާ ރަހަތައް އެކުލެވިގެންވާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

ސައުދީގެ ޚަބަރުތަކުގައި އިތުރަށް ބުނެފައިވަނީ ފެސްޓިވަލުގައި ބައިވެރިވި ގިނަފަރާތްތަކުން މި ބުއިމަށް ޝައުގުވެރިކަން ފާޅުކޮށް، ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

ޚިޔާލު

އިތުރު ޚަބަރު