ސައުދީގެ ޖައުފު ސިޓީ އަށް ސްނޯ – ބަހާރު މޫސުން ވެސް އައުން އެކަށީގެންވޭ!

ސައުދީ އަރަބިއާ ޖައުފު ސިޓީ އަށް ސްނޯފޭބުމުން މިއީ މުއުޖިޒާތެއްގެ ގޮތުގައި ބަލަން ފަށައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ސަރަހައްދަށް ސްނޯ ފައިބާފައިވަނީ މިދިޔަ ހަފުތާގައެވެ. އަދި މިއީ އެގައުމުގެ ތާރީހުގައި ވެސް ހަނަފަސް ސަހަރާތަކަށް ސްނޯ ފޭބި ފުރަތަމަ ފަހަރެވެ.

އެ ސަރަހައްދުގެ ފަރުބަދަތައް ސްނޯ އިން ފޮރުވާލާފައިވާއިރު، މިއީ މުއުޖިޒާތެއްގެ ގޮތުގައި ބުނަމުން އަންނަކަމަށް ވެސް ތަޖުރިބާކާރުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

މޫސުން ދިރާސާކުރާ ފަރާތްތަކާއި ހަވާލާދީ ސައުދީ ނޫސްތަކުގައި ބުނެފައިވަނީ ދުނިޔޭގެ މޫސުމަށް މިހާރުއަންނަމުންދާ ބަދަލުތަކުގެ ސަބަބުން އެ ސަރަހައްދަށް ބަހާރު މޫސުން ވެސް ފެނުން އެކަށީގެންވާ ކަމަށެވެ.

ޚިޔާލު

އިތުރު ޚަބަރު