ނަތަންޔާހޫ ކެންސަރަށް ފަރުވާ ހޯދަނީ

ކުށެއް ނެތް ފަލަސްތީނު ރައްޔިތުން ޝަހީދުކުރަމުން އަންނަ އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކެންސަރަށް ފަރުވާ ހޯދަން ފަށައިފިއެވެ.

ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާގޮތުގައި އޭނާ ވަނީ ޕްރޮސްޓޭޓް ނެގުމުގެ އޮޕަރޭޝަނެއް ކޮށްފައެވެ.

ނަތަންޔާހޫގެ އޮފީހުން ވެސް މިކަން ކަށަވަރުކޮށްދީފައިވާއިރު، އެ އޮޕަރޭޝަން ކާމިޔާބު ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެއިތުރުން ބަލީގެ އަލާމާތްތައް ފިލުވައި، އިތުރު އުނދަގުލެއް ކުރިމަތިވިޔަ ނުދިނުމަށް ސަރޖަރީއެއް ހެދުމަށް ޑޮކްޓަރުން ލަފާދީފައިވާކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

"އިސްރާއީލު ސަރުކާރުގެ ކަންކަން ބެލެހެއްޓުމުގެ ގާބިލުކަން ނަތަންޔާހޫއަށް މިހާރުވަނީ ލިބިފަ. އަދި ބޮޑުވަޒީރުކަމުގެ މަސްއޫލިއްޔަތު ވެސް ގެންދަނީ އަދާކުރައްވަމުން." ނަތަންޔާހޫގެ އޮފީހުން ބުނެފައި ވެއެވެ.

ނަތަންޔާހޫ ކެންސަރަށް ފަރުވާ ހޯދާކަން އާންމުކޮށްފައި މިވަނީ ސަލާމަތީ ކަންކަމާއި އިގްތިސާދާއި ގުޅިފައިވާ ކަންކަމުގައި ސަރުކާރުގެ ތެރޭގައި އުފެދިފައިވާ ސިޔާސީ ބައިބައިވުންފަދަ އެކި ކަންކަމުގައި ނަތަންޔާހޫއަށް ދާޚިލީ ގޮތުންނާއި ބައިނަލްއަގްވާމީ ގޮތުން ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 45,300 އަށް ވަނީ އަރާފައެވެ. އޭގެތެރޭގައި 17,000 އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000 އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ.

ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 108,038 މީހުން ޒަޚަމު ކޮށްލާފައެވެ.

ޚިޔާލު

އިތުރު ޚަބަރު