ލިވަރޕޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަަށް ވިޒިޓް މޯލްޑިވްސް

ލިވަރޕޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަަށް ވިޒިޓް މޯލްޑިވްސް

ލިވަރޕޫލްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ވިޒިޓް މޯލްޑިވްސް ހަމަޖައްސައިފިއެެވެ.

އެމްއެމްޕީއާރްސީން ވިދާޅުވީ މި ޕާޓްނަރޝިޕް ރަސްމީކޮށް އިފްތިތާހުކުރުމަށް ނިންމާފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 2 ގައި ލިވަޕޫލް އެފްސީ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި ކަމަށެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިގްތިސޯދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

މިގޮތުން މި މެޗުގައި އެންޕީލްޑް ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި މި ޕާޓްނަރޝިޕާއި ރާއްޖޭގެ މަންޒަރުތައް ދައްކާލުމަށް ނިންމާފައިވާއިރު، މި ޕާޓްނަރޝިޕްގެ ސަބަބުން ވިޒިޓް މޯލްޑިވްސްއަށް ލިވަރޕޫލުގެ ބައިނަލްއަގްވާމީ އޯޑިއަންސްގައި ބޮޑު ތަރުހީބެއް ލިބިގެންދާނެކަމަށް ވެސް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ.

މީގެއިތުރުން އެކުލަބުގެ އެކި މަންސަތަކުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ރާއްޖޭގައި އެކުލަބުގެ އެކަޑަމީއެއް ގާއިމްކުރުމާއި ސްޕޯޓްސް ޓޫރިޒަމް ހަރުދަނާ ކުރުމަށް ވެސް ނިންމާފައި ވެއެވެ.

ހަމަމިއާއެކު ޕްރިމިއަރ ބްރޭންޑިންގ ޕްރޮމޯޝަނާއި ޑައިރެކްޓް އެންގޭޖްމަންޓް މެދުވެރިކޮށް މީޑިއާ ރިޗް ކޮންމެ ސީޒަނަކަށް 397 މިލިޔަނަށް ވުރެ މައްޗައް އަރާކަމަށާއި އަހަރެއްގެ މައްޗައް 17 މިލިޔަން ޑޮލަރަށް ވުރެ މަތީގައި މީޑިއާ ވެލިއު ލިބޭނެކަމަށް ބެލެވޭކަމަށް އެކުންފުނިން ވަނީ ހާމަކުރައްވާފައެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ އަމާޒަކީ ރާއްޖޭގެ ގުދުރަތީ ރިތިކަން ބަލާލަން ބޭނުންވެފައިވާ ބޭނުންވެފައިވާ އެތައް މިލިޔަން ފަތުރުވެރިންނަށް އެ ފުރުސަތު ފަހިކޮށްދިނުންކަމަށެވެ.

ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިޔަން ފުޓުބޯޅަ ސަޕޯޓަރުންނާއި ގުޅުން ބަދަހިކޮށް ރާއްޖެ އިޝްތިހާރުކުރުމެވެ.

ޚިޔާލު

އިތުރު ޚަބަރު