ސްޓެލްކޯ އިން މިއަހަރުގެ ޕީކް ހޭންޑްލިންގ އަށް ތަރައްގީކުރި އިންޖީނުގެ ހުޅުވައިފި

ސްޓެލްކޯ އިން މިއަހަރުގެ ޕީކް ހޭންޑްލިންގ އަށް ތަރައްގީކުރި އިންޖީނުގެ ހުޅުވައިފި

ގްރޭޓަރ މާލޭ ޕަވަރ ބެކަޕްގެ ގޮތުގައާއި މިއަހަރުގެ ޕީކް ހޭންޑްލިންގ އަށް ތަރައްގީކުރި ސްޓެލްކޯ ހުޅުމާލެ އެނެކްސް2 އިންޖީނުގެ ހުޅުވައިފިއެވެ.

މި އިންޖީނުގެ ހުޅުވީ މާރޗު 15 ވީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. އިންޖީނުގެ ރަސްމީކޮށް ހުޅުވާފައިވަނީ ސްޓެލްކޯއާއި ގައުމީ ދިދަ އިންޖީނުގޭގައި ނެގުމާއެކުގައެވެ. އެގޮތުން ސްޓެލްކޯގެ ދިދަ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ނަންގަވައިދެއްވިއިރު، ދިވެހި ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު މުޒްނާއެވެ.

މީގެ އިތުރުން އެ އިންޖީނުގޭގައި މިހާރު އިންސްޓޯލްކޮށް ނިމިފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން ޖަނަރޭޓަރެއް އެމްޑީ ހުސައިން ފަހުމީ ވަނީ ސްޓާޓްކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި މި މަސައްކަތުގައި އިސްކޮށް އުޅުއްވި ޖެނެރަލް މެނޭޖަރ އަހުމަދު ޝަރުނީޒް ވިދާޅުވީ ރޯދަ މަހު މި މަސައްކަތް ކުރިއަށްގެންދިއުމުގައި މުވައްޒަފުން ރެއާއި ދުވާލު ދައްކާފައިވަނީ އާދަޔާއި ހިލާފު ހިތްވަރެއް ކަމަށެވެ. ރޯދައަށްތިބެ ދުވާލުގެ އެންމެ ހޫނުގަދަ ގަޑީގައި ވެސް ބޮލަށް ފެންކޮޅެއް އަޅާލައިގެން، މުވައްޒަފުން އެ ދެއްކީ ކުންފުނީގެ ކޯ-ވެލިއުސްތަކުގެ ތެރޭގައި ހިމެނޭ އެކްސެލެންސާއި ޓީމްވޯކްގެ ވަރުގަދަ ނަމޫނާއެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން މި މަސައްކަތުގެ ސަބަބުން ގްރޭޓަރ މާލޭ ގްރިޑްގެ ފްލެކްސިބިލިޓީ އިތުރުވެގެންގޮސްފައިވާ ކަމަށާއި ޖެނެރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ.

ހުޅުމާލޭ އިންޖީނުގެ އެނެކްސް – 2 ގެ ގޮތުގައި ހުޅުވި އިންޖީނުގޭގައި 1.6 މެގަވޮޓްގެ 12 ޖަނަރޭޓަރު ސެޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެތަނުން މި ވަގުތު 7 ޖަނަރޭޓަރުސެޓް ވަނީ ކޮމިޝަންކޮށްފައެވެ. އަދި އިތުރު ފަސް ޖަނަރޭޓަރު ސެޓް ގެނެސް މި ރޯދަމަސް ނިމުމުގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ސްޓެލްކޯ އިން ވަނީ އަޒުމުކަނޑައަޅާފައެވެ.

އެއާއެކު ހުޅުމާލެ އިންޖީނުގެ އެނެކްސް – 2 ގެ އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެއެވެ.

ޚިޔާލު

އިތުރު ޚަބަރު